ކާމިޔާބު ހައްޖަކަށްފަހު ލަންކާގެ ފަރާތުން ސައުދީއަށް ހާއްސަ ޝުކުރެއް އަދާކޮށްފިއެވެ.
ލަންކާއިން ސައުދީއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޕަކީރު މުހިއްދީން އަމްޒާ ވިދާޅުވީ ހައްޖު މިހާ ކާމިޔާބުކަމާއެކު ދިޔައީ، ސައުދީން ވެފައިވާ ތައްޔާރީތަކުގެ ސަބަބުންނެވެ. ސަފީރު ވަނީ ކުދި ކުދި ދަތިތައް މެދުވެރިވި ނަމަވެސް ޖުމުލަކޮށް ހުރިހާކަމެއް ރަނގަޅުކަމަށް ފާހަގަ ކުރައްވައިފައެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމަށް ލަންކާއިން ދިޔަ މީހުންގެ ތެރެއިން 100 އެއްހާ މީހުން ސައުދީއަށް އެތެރެވިއިރު ތިބޭނެ ތަން ވަނީ ހަމަނުޖެހިއެވެ. ނަމަވެސް ސައުދީ ސަރުކާރުން ވަނީ އެ މީހުންނަށް ވަގުތީ ހިޔާތަކެއް ހަމަޖައްސާފައެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާގެ މުސްލިމުންގެ ނިސްބަތަކީ 10 އިންސައްތަ އެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި އެ ގައުމުން 3،500 މީހުން ބައިވެރިވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ