މީހެއްގެ ބޭންކް އެކައުންޓުން ވަގަށް 10،500 ރުފިޔާގެ ފައިސާގެ މުއާމަލާތެއް ހިންގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.
އެ މީހާގެ ފޮޓޯ އަކާއެކު ފުލުހުންގެ ވެބްސައިޓުގައި މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ އޭނާ ހޯދަމުންދަނީ އެހެން މީހެއްގެ އެކައުންޓުން، ވަގަށް 10،500 ރުފިޔާގެ ފައިސާގެ މުއާމަލާތެއް ހިންގާފައިވާ މައްސަލައަކާ ގުޅިގެން ތަހުގީގުގައި ސުވާލުކުރަން ބޭނުންވާތީ ހޯދަން ބޭނުންވެ، ކާކުން ދެނެގަނެވިފައި ނުވާ މީހެއް ކަމަށެވެ.
އެހެންވެ ފުލުހުން ވަނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަން ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު