ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ތެރެއިން އިއްޔެ ބޭއްވި އެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ މޫނުގަނޑު އެޅި މާލިތަކެއް ނެރެފައި ވަނީ ނަފުރަތާއި ރުޅިވެރިކަން ފެތުރުމަށް ކަމަށް ބުނެ އެ އަމަލު ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އިއްޔެ އިދިކޮޅުން ބޭއްވި ހަރަކާތުގައި ވަނީ މުޅި ގައިގައި ހުދު ފޮތި އޮޅައި، ،މޯދީގެ އިތުރުން ރައީސް ސޯލިހުގެ ފޮޓޯތަކުން ތައްޔާރުކޮށްފައިވާ މާސްކްތައް އަޅައިގެން ތިބި މާލިތަކެއް ނެރެފައެވެ.
އެ އަމަލު ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ބޭއިހުތިރާމް ކުރުން ކަމަށާއި އެ ކެމްޕޭން މެދުވެރިކޮށް ފަތުރަމުންދަނީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ.
"ބޮޑު އީދު ފަދަ އުފަލާއި ހިތްހަމަޖެހުން ގެނުވައިދޭ މުނާސަބަތެއްގައި ހިންގި މިފަދަ ގަދަރު ކުޑަ އަމަލުތަކުން ހަމައެކަނި ހިތްވަރުދެވެނީ ނަފްރަތަކަށް ނޫން. މިއީ ރުޅިވެރިކަން ފަތުރައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގާތް ގުޅުން ނައްތާލުމަށް ކުރި ކަމެއް," އެ ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނީ އިންޑިއާއަކީ ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށާއި އިންޑިއާ ފަސްޓް ސިޔާސަތު ދަހަމައްޓާނެ ކަމަށެވެ.
ޕީޕީއެމުން ބުނެފައިވާ ގޮތުގައި މޯދީ ސިފަވާ ގޮތަށް މާލި ނެރުނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ނެރުނު ލިސްޓްގައި އިންޑިއާ މީހުން ހިމެނުމުން، އެކަމާ ނުރުހުން ފާޅުކުރުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު