ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ ކަށަވަރު މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން އެހެން ބުނީ، ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އެބަ އޮތްކަން ފާހަގަކޮށް އިނގިރޭސި ވިލާތުންނާއި އެމެރިކާއިން ޓްރެވަލް އެޑްވައިޒަރީއެއް ނެރުމުން "ވަން" އިން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ.
އެގޮތުން އިނގިރޭސި ވިލާތުން ހުރިހާ ގައުމަކަށް އެ އެޑްވައިޒަރީ ނެރުނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެމެރިކާ އިން ޓްރެވަލް އެޑްވައިޒަރީ ނެރުނީ އޭގެ އެއް ދުވަސް ފަހުން، 23 ޖޫންގައެވެ. އެ އެޑްވައިޒަރީ އާއެކު ސަމާލުވާންޖެހޭ ލެވެލްވެސް ވަނީ މަތިކޮށްފައެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް މައުލޫމާތެއް އެމެރިކާ އާއި އިނގިރޭސި ވިލާތުންވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ރާއްޖެ އައުމަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވިއެވެ.
އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީ މަތިކޮށްފައިވަނީ ރީނދުލަށެވެ. އެ އެލާޓުގައި ބުނެފައިވަނީ ރާއްޖޭގައި ޓެރަރިސްޓު ހަރަކާތްތައް އިތުރުވެފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށެވެ. އެގޮތުން ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތްތަކުން އިންޒާރަކާ ނުލައި ހަމަލާތައް ދީފާނެ ކަމަށާއި ފަތުރުވެރިން އާންމުކޮށް އުޅޭ ތަންތަނާއި ދަތުރުފަތުރުގެ މަރުކަޒުތަކާއި އާއްމުން އެއްވެ އުޅޭ މާރުކޭޓުތަކުގެ އިތުރުން ސަރުކާރުގެ ވުޒާރާތަކަށް އަމާޒުކޮށް ހަމަލާތައް ދީފާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު