ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދެ ހައްޖާޖީއެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްގެ ހައްޖު ކަވަރޭޖް ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނިލް މިއަދު ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އުމުރުން ދޮށީ އުމުރުގެ ދެ މީހަކަށް ކަމަށެވެ. އެ ދެ މީހުންގެ އުމުރު އަދި ސިއްހީ ހާލު ދަށްވާން މެދުވެރިވި ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.
""އުމުރުން ދުވަސްވީ ދެ ބޭފުޅަކު، ބަލި ހާލަތުގެ ގޮތުން، އައިސީޔޫއަށް ވައްދަން ޖެހިގެން، އެ ދެ ބޭފުޅުންނަށް، އަދި ރާއްޖެ އައުމުގެ ކަންތައްތައް މުޅިއަކުން ހަމައެއް ނުޖެހޭ" އަނިލް ވިދާޅުވިއެވެ.
ރާއްޖެއިން ހައްޖަށް ދިޔަ އެހެން ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ހުރިހާ ހައްޖުވެރިން ވަނީ އަރަފާތު ބިމަށް ގޮސްފައިކަމަށްވެސް ވެސް ވިދާޅުވިއެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމަށް، އަމީރުލްހައްޖުގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 1،000 ކޯޓާ ވަނީ ލިބިފައެވެ. ހައްޖަށް މީހުން ގެންދިއުމަށް ރާއްޖޭގެ ތިން ކުންފުންޏަކަށް ހުއްދަ ދީފައިވާއިރު، ކޮންމެ ކުންފުންޏަކަށް ވަނީ 90 ކޯޓާ ދީފައެވެ.
ދިވެހި ހައްޖާޖީންގެ އެންމެހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމައަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދިވެހި ހައްޖު މިޝަނުން ވަނީ މިއަހަރު ދިވެހި ހައްޖާޖީންނަށް ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ކުންފުނިކަމުގައިވާ ”އަލް ބައިތު ގެސްޓްސް” އާ ބައްދަލުކޮށްފަ އެވެ. ސައުދީގެ "އަލް ބައިތު ގެސްޓްސް" އިން ބުނެފައިވާގޮތުގައި ދިވެހި ހައްޖާޖީން މިނާ އަދި އަރަފާތުގައިވެސް ތިބޭނީ އެއް ސަރަހައްދެއްގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު