ރަޝިޔާގައި ތިބި މެލޭޝިޔާ މީހުން ގައުމަށް ގެންނަން އެ ގައުމުން ނިންމައިފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އެގޮތަށް އަމުރުކުރެއްވީ ރަޝިޔާގެ ހާލަތު ގޯސްވެ އެ ގައުމުގައި ދިރިއުޅުން ރައްކާތެރި ނުވުމުންނެވެ.

ރަޝިޔާގައި މެލޭޝިއާގެ 755 މީހުން ތިބި ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު އަހުމަދު ޒާހިދު ވަނީ ރަޝިޔާގައި ތިބި އެ ގައުމުގެ އާންމުންގެ ހާލު ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ. ވަކީން ހާއްސަކޮށް މޮސްކޯގައި ދިރިއުޅޭ މެލޭޝިޔާގެ މީހުންގެ ކަންކަން 24 ގަޑިއިރު މޮނިޓާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ރަޝިޔާއަށް ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން އެ ގައުމުގެ އެތެރޭގެ ހާލަތު ގޯސްވެފައިވާއިރު އެ ގައުމުން ވަނީ މޮސްކޯއާއި މޮސްކޯ ކައިރި ހުރި ސަރަހައްދުތަކުގައި އެންޓި ޓެރަރިޒަމް އޮޕަރޭޝަނެއް ފަށައިފައެވެ.