ދެމިލިއަނެއްހާ ހައްޖުވެރިންނާއެކު މިއަހަރުގެ ހައްޖުގެ އަޅުކަން ފަށައިފިއެވެ.

8.8 ކިލޯމީޓަރުގެ ރާސްތާއެއް ފުރިހަމަކޮށް މައްކާއިން މިނާއަށް ދިއުމަށް ހައްޖުވެރިން ދަތުރު ފަށާފައިވާއިރު ހައްޖުވެރިން މިއަދު އަރަފާތު ބިމަށް އެއްވާނެއެވެ.

އަރަފާތު ބިމުގައި ތިބުމަށްފަހު ހައްޖުވެރިން ދެން އޮތް މަންޒިލް ކަމުގައިވާ މުޒްދަލިފާއަށް ދާނެއެވެ. މުޒްދަލިފާގައި ރޭ ކުރުމަށްފަހު ޖެހިގެން އަންނަ އީދު ދުވަހުގައި މިނާގައި އުޟްހިޔާ ކަތިލުމާއި ޖަމްރާއަށް ހިލަ އުކުމާއި ބޯ ބޭލުން ކުރިޔަށް ދާނެއެވެ.

ސައުދީގެ އޮފިޝަލުން ވަނީ ހައްޖުވެރިންނަށް މިއަހަރު އެހެން އަހަރުތަކާ ހިލާފަށް ފަސޭހަ ހައްޖަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ރާވައިފައެވެ. އެގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ މިއަހަރުގެ ހައްޖު ހުތުބާ 20 ބަހަކުން ތަރުޖަމާ ކުރުމަށްވެސް ނިންމައިފައެވެ.