ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް މެދުކަނޑާލައިފިއެވެ.
އެ މިނިސްޓްރީން އިއްޔެކުރި އިއުލާނެއްގައި ބުނީ އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ އޮންލައިން ސިސްޓަމްތަކުގެ މެއިންޓެނަންސް މަސައްކަތެއް ކުރުމަށްޓަކައި އިއްޔެއިން ފެށިގެން ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް މެދުކަނޑާލައިފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އޮންލައިންކޮށް ދޭ ހިދުމަތްތަކުގެ ތެރޭގައި ޑްރައިވިން ލައިސަންސް ހިދުމަތް އަދި އުޅަނދު ރަޖިސްޓްރީ ކުރުމާއި ފީ ބަލައިގަތުމުގެ ހިދުމަތް ހިމެނެއެވެ.
އޮންލައިންކޮށް ހިދުމަތް ދިނުމަށް ބޭނުންވާ ސިސްޓަމްއަށް ދިމާވި ކޮން މައްސަލައެއްކަން ޓްރާންސްޕޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު