ސަރުކާރުގެ މަގާމުތައް ހުށަހަޅައިގެން ޖުމްހޫރީ ޕާޓީގެ މެމްބަރުން ގެންދަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވައި އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ޖޭޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމި ހިސާބުން ސަމީރު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. ސަމީރަކީ ޖޭޕީގެ ސްލޮޓެއްގައި ރައިސް އޮފީހުގެ މިނިސްޓަރުކަން ކުރައްވާ ބޭފުޅެކެވެ. އޭގެ ފަހުން މިދިޔަ ބުދަ ދުވަހު ސަމީރު ވަނީ އެމްޑީޕީއަށް ސޮއި ކުރައްވައިފައެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޖޭޕީ ކައުންސިލުގެ 158 ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، ޖޭޕީގެ ބައެއް މެންބަރުން ރައީސް އޮފީހަށް ގެންގޮސް އެކި މަގާމުތައް ހުށަހަޅައިގެން އެމްޑީޕީއަށް ވައްދަން އުޅޭ ކަމަށެވެ.
"...ލަދެއް ހަޔާތެއް ހުންނަން ޖެހޭނެ ދޯ ސަމީރެއް ކަމަކު އަދި އެހެން މީހެއް ކަމަކު. އެ ހިސާބަށް ދިޔައީމާ ދަންނަވާލަން ބޭނުންވަނީ ބޭފުޅުންނޭ މިއަދު އެކަންޏެއް ނޫނޭ އޮތީކީ. މާދަމާ ވެސް އެބަ އޮތޭ," ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މި ސަރުކާރާއެކު ކޯލިޝަން ނުހަދާނެ ކަމަށް ބުނެފައެެވެ. އަދި އެ ޕާޓީން ގާސިމް ވާދަކުރައްވަން ނިންމެވުމާއެކު، ސަރުކާރު މަގާމުތަކުގައި ތިއްބެވި ބައެއް ޖޭޕީ މެންބަރުން ވަނީ ޕާޓީން ވަކިވެވަޑައިގެންފައެވެ. ނަމަވެސް ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި އެ ޕާޓީގެ މެމްބަރުން އަދިވެސް އެބަ ތިއްބެވެ
ޚަބަރު
ޚަބަރު
ޚަބަރު