ހދ. މަކުނުދޫ އެއާޕޯޓްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދު ހަމީދެވެ. ބިގްފިޝްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާފިން އަހުމަދެވެ.

ޖުމުލަ 16 މިލިއަން ޑޮލަރު (245 މިލިއަން ދިވެހި ރުފިޔާ) އަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 366 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި މި އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މަކުނުދޫގައި ހަދަން ނިންމާފައިވާ އެއާޕޯޓްތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

  • ދ. މަކުނުދޫ - 23,300,000 ޑޮލަރު
  • ށ. ބިލެތްފަހި - 23,600,000 ޑޮލަރު
  • ބ. ތުޅާދޫ - 21,900,000
  • ތ. ވިލުފުށި - 33,300,000