ދިރާގުން އެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ބޮޑު ޗުއްޓީ ލަކީ ޑްރޯއެއް ހުޅުވާލައިފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން މިއަދުން ފެށިގެން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް 100ޖީބީ ޕްރީޕެއިޑް ޑޭޓާ ޕެކެއް، ޕޯސްޓްޕެއިޑް ބޫސްޓާއެއް ނުވަތަ ފައިބާ ބްރޯޑްބޭންޑް ބޫސްޓާއެއް ނަގާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަސް ކަސްޓަމަރުންނަށް އަގުހުރި ތަފާތު ފަސް އިނާމު ލިބިގެންދާނެ ކަމަށެވެ.

  • ގޯ ޕްރޯ ހީރޯ 11 އެއް
  • ޕީއެސް 5 ޑިސްކް އެޑިޝަނެއް
  • އެއާ ޕޮޑްސް ޕްރޯއެއް
  • 5ޖީ ވަޔާލެސް ރައުޓާއެއް
  • ސާފޭސް ޕްރޯ 9 އެއް

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ފަހުން ތައާރަފުކުރި ތަފާތު ރޭންޖްތަކުގެ 100ޖީބީ ޑޭޓާ ޕެކްތަކާއި ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ބޫސްޓާތަކުން ޗުއްޓީ ދުވަސްވަރުގައި ކަސްޓަމަރުންގެ ހުރިހާ ޑޭޓާ ބޭނުންތަކެއް ފުއްދައިދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި އަގުހުރި އިނާމުތަކާއެކު ކަސްޓަމަރުން އަޅުގަނޑުމެންނަށް ކެނޑިނޭޅި ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރުން،" ޖައިޝާން ވިދާޅުވިއެވެ.

ދިރާގު ބޮޑު ޗުއްޓީ ލަކީ ޑްރޯއާ ބެހޭ އިތުރު މައިލޫމާތު [https://bit.ly/43TaohU](https://bit.ly/43TaohU) ލިންކުން ލިބޭނެއެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް، ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.