ޖުމްހޫރީ ޕާޓީން ވަކިވި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފިއެވެ.
އެ ބޭފުޅުން ޖުމްހޫރީ ޕާޓީން ވަކިވީ އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމުންނެވެ.
އެ ބޭފުޅުންގެ އިތުރުންވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓުތައި ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އައްޔަން ކުރެއްވި ބައެއް ބޭފުޅުން ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)ގެ ސީއީއޯ ޑރ. އަބްދުއް ހަންނާން ވަހީދު އަދި އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ހިމެނިވަޑައިގަންނަވައެވެ.
ސަމީރާއި ޝާހުގެ އިތުރުން އެމްޑީޕީއަށް މިއަދު ސޮއިކުރެއްވި މީހުންގެ ތެރޭގައި ޑރ. ހަންނާން އަދި ނޭޝަނަލް ސެންޓާ ފޯ އާޓްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފިލްމީ ތަރި އަހުމަދު އަޒްމީލް ހިމެނެއެވެ.
އެ ބޭފުޅުން އެމްޑީޕީއަށް ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާޒިރުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު