ސެވަން އިލަވަން އިން ޑެލިވަރީ ރޮބޮޓެއް ޓެސްޓުކޮށްފިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ރީޓެއިލް ސުޕަމާޓްތައް ހިންގާ ޗެއިން ސެވަން އިލަވަން އިން ޑެލިވަރީ ރޮބޮޓް ޓެސްޓުކޮށްފަައި މިވަނީ ދެކުނު ކޮރެއާގައެވެ.
ސެވަން އިލަވަން އިން ވަނީ އަންނަ އޮކްޓޯބަރު މަހާއި ހަމައަށް ވެރިރަށް ސޯލްގެ ދެސަރަހައްދެއްގައި ރޮބޮޓް ޑެލިވަރީގެ ޓެސްޓުތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ބުނެފައެވެ.
ޑެލިވަރީ ރޮބޮޓްގެ ހިދުމަތް ޓެސްޓު ކުރާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ އެޕެއް ތައާރަފު ކޮށްފައިވާއިރު އެ އެޕް މެދުވެރިކޮށް، ބޭނުންވާ މުދަލެއް ގެއަށް ޑެލިވަރީ ކޮށްދޭނެއެވެ. ސެވަން އިލަވަން އިން ވަނީ ޑެލިވަރީ ޗާޖެއްގެ ގޮތުން 78 ސެންޓު ނެގުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްފައެވެ.
ސެވަން އިލަވަން އިން ބޭނުންކުރާ ޑެލިވަރީ ރޮބޮޓްތަކުގައި ސެލްފް ޑްރައިވިން ޓެކްނޮލޮޖީ ބޭނުންކޮށްފައިވާއިރު އޭގައި ހަރުކޮށްފައިވާ ހާއްސަ ސެންސަރުތަކުގެ އެހީގައި ތަންތަނުގައި ނުޖެހި އާންމު މަގުތަކުގައި ދަތުރު ކުރާނެކަމަށް އެކުންފުނިން ބުނެއެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ