އައިފޯން 15 ބޮޑުތަނުން އަގު ބޮޑުވާނެ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ. އެގޮތުން އެޕަލް އިން ޕްރީމިއަމް އައިފޯން 15 ޕްރޯ އާއި އައިފޯން 15 ޕްރޯ މެކްސްގެ އަގު ބޮޑުކުރާނެ ކަމަށް އަޑު ފެތުރިފައިވާއިރު، މިއީ ހަ އަހަރު ތެރޭގައި އެ ކުންފުނިން ފްލެގްޝިޕް ފޯނުތަކުގެ އަގަށް ބަދަލެއް ގެންނަ ފުރަތަމަ ފަހަރެވެ. އައިފޯނާ ބެހޭ ރިޕޯޓްތައް ގެނައުމުގައި މަޝްހޫރު ފަރާތްތަކުން ބުނާ ގޮތުގައި އައިފޯން ގަންނަން ގަސްތުކުރާ މޮޑެލްއަށް ބަލާއިރު ކުރިން ލަފާކުރި ވަރަށްވުރެ 200 ޑޮލަރާ ހަމައަށް އަގުތައް އުފުލުމަކީ ކައިރި ކަމެކެވެ.
މި އަގު ބޮޑުވުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމަށާއި އައިފޯން 15 ޕްރޯ މެކްސްގެ އަގު 200 ޑޮލަރު ވަރު އިތުރުވާން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުރިކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އަގު ބޮޑުކުރާނީ 100-200 ޑޮލަރާ ދެމެދުގައެވެ. އައިފޯން 15 ޕްރޯއަށް 100 ޑޮލަރު އިތުރަށް އަދި އައިފޯން 15 ޕްރޯ މެކްސްއަށް 200 ޑޮލަރު ބޮޑު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ރިޕޯޓުތައް ބުނާ ގޮތުން އެޕަލްއަށް އައިފޯނުގެ އަގު ބޮޑުކުރަން މަޖުބޫރުވާ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އެގޮތުން އައިފޯންގެ ކޮންމެ އާ ފޯނަކާ އެކު އިނގިލީގެ ނިޔަފަތި ސައިޒުގެ ޗިޕްތަކާއި، ރަނގަޅު ކެމެރާތަކާއި، ޒަމާނީ ޑިސްޕްލޭތަކާއި، އަދިވެސް އެތައް އާ ޓެކްނޮލޮޖީތަކެއް ނެރެއެވެ. އެހެން ކަމުން މި ފަހަރުގެ އައިފޯން 15 ވާނީ އަގުބޮޑު ފޯނަކަށެވެ.
އެންމެ ގިނަ މީހުން ގަންނަ ފޯނުކަމަށްވާ، އައިފޯން 15 ޕްރޯ އަދި އައިފޯން ޕުރޯ މެކްސް އާއެކު ޕެރިސްކޯޕް ޒޫމް ލެންސް މިފަހަރު ހިމެނޭނެ ކަމަށާއި އެޕަލްގެ ފުރަތަމަ ޒޫމް ލެންސް ހިމެނޭ ފްލެގްޝިޕަކަށް އައިފޯން 15 ވާނެއެވެ. އޭ17 ބަޔޮނިކް ޗިޕް ގިނަ އަދަދަކަށް އުފައްދާތީ، އެންމެ ޒަމާނީ އައިފޯން 15 އަށް ކުރާ ހަރަދުތައް އިތުރުވެ، ޓެކްނޮލޮޖީގެ އެންމެ ބޮޑު ކުންފުނީގެ އެހެނިގެން ހަރަދު ބޮޑުވުމަކީ ވެސް ދެން ނެރޭ އައިފޯން އަގު ބޮޑުވާނެ ސަބަބެކެވެ.
އައިފޯނުގެ އަގަށް އަންނަ ބަދަލުތަކާއެކު ކުރިން އެމެރިކާގައި އައިފޯނު ޕްރޯ 999 ޑޮލަރުން ފެށިގެން އައި ނަމަވެސް މިފަހަރު، ޓޮޕް ޓިއާ އައިފޯން 15 ޕްރޯ 1099 ޑޮލަރަށް އަދި އައިފޯން 15 ޕުރޯ މެކްސް 1،199 ޑޮލަރަށް މަތިވާނެއެވެ. ރިޕޯޓުތަކުން އެނގޭ ގޮތުގައި އެޕަލް އިން ފޯނުގެ އަގު ބޮޑުކުރުމާ މެދު މިހާރު ސުވާލެއް ނެތެވެ.
އެޕަލް ކުންފުނިން އެންމެ ފަހުން ދައްކާލި އެޕަލް ޕުރޯ ވިޝަން ހެޑްސެޓުގެ އަގަކީވެސް ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ބޮޑު އަގެކެވެ. އެގޮތުން 3500 ޑޮލަރަށް އެ ހެޑް ސެޓް ވިއްކަން ޖެހުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެހެންކަމުން މި ފަހަރު ނެރޭ އައިފޯން 15 ގެ އަގު ބޮޑުވުމަކީ ވެސް ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.