އާބަންކޯއިން ވިޔަފާރިވެރިންނަށް ހާއްސަ "އޯޕަންޑޭއެއް ބާއްވަން ނިންމައިފިއެވެ.
އާބަންކޯ އިން މިއަދު ބުނީ މި އޯޕަންޑޭގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ކޯޕަރޭޝަންގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލުމާއި އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާ އެކު މި ފުރުސަތުތަކަށް ކުރިމަތިލިމުގެ މަގުފަހި ކޮށްދިނުން ކަމަށެވެ.
އެގޮތުން މިފަހަރުގެ އޯޕަންޑޭގައި ހުޅުމާލޭގައި އޮފީސް އިމާރާތްތައް ގާއިމު ކުރުމަށް ހުރި ފުރުސަތުތަކާއި ތިލަފުށީގެ ދެވަނަ ފިޔަވަހިން ބިން ގަތުމަށް ހުރި ފުރުސަތުތަކަށް ހާއްސަ ކަމެއް ދެވިގެންދާނެ ކަމަށް ބުންޏެވެ.
"އާބަންކޯ ފޯ ބިޒްނަސް"ގެ ނަމުގައި ބާއްވާ މި އޯޕަންޑޭ އޮންނާނީ މާދަމާ ހެދުނު 10:00 އިން ރޭގަނޑު 8:00 އަށް އާބަންކޯ އެގްޒިބިޝަން ސެންޓަރުގައެވެ.
އާބަންކޯ އިން ބުނީ މި އޯޕަންޑޭގައި އެ ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުން، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ކިޔާދިނުމާއި ޕޯޓަލް ބޭނުން ކޮށްގެން މި މަޝްރޫއުތަކާއި ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ، ވިހާވެސް ގާތުން މަސައްކަތް ކުރުން ކަމަށް އާބަންކޯ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު