ބަކަރިއެމްވީ އާއި މޫލީ ގުޅިގެން އަގީގާ، އުލްހިއްޔާ އަދި ފިދްޔާ އޮންލައިންކޮށް ހަދިޔާކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓް ކަމަށްވާ މޫލީ އިން އަގީގާ، އުލްހިއްޔާ އަދި ފިދްޔާ ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބަކަރިއެމްވީއާ މިއަދު ގުޅި، އޮންލައިންކޮށް އެ ހިދުމަތަށް އޯޑަރުކުރެވޭނެ ގޮތް ފަހިކޮށްދީފައިވާ ކަމަށެވެ.

އެ ޕާޓްނާޝިޕާއެކު މޫލީ މެދުވެރިކޮށް ބަކަރިއެމްވީގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ގުރުބާނީގެ އުލްހިއްޔާ، އަގީގާ ނުވަތަ ފިދްޔާއަށް އޯޑަރުކޮށް ހަދިޔާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި މޫލީއަށް އޯޑަރު ދިނުމުން ގުރުބާނީގެ ބަކަރި ކަތިލުމާއި، ޕެކްކުރުމާއި، ހަދިޔާކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ކަސްޓަމަރުގެ އެދުމާ އެއްގޮތަށް ބަކަރިއެމްވީ އިން ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ފަސޭހަކަމާއެކު ހުރިހާ ހިދުމަތްތަކެއްވެސް ލިބުން ކަމަށެވެ.

"އެގޮތުން ބަކަރިއެމްވީއާ ގުޅިގެން މިހާރު އީދާ ގުޅުވައިގެން، ނުވަތަ ނަން ކިޔުމުގެ އިތުރުން ފިދްޔަ ދިނުމަށްވެސް ގުރުބާނީގެ ހަދިޔާ ކުރުންވެސް މޫލީ މެދުވެރިކޮށް އެތައްތަނެއް ފަސޭހަވެގެންދާނެ. މޫލީ މެދުވެރިކޮށް އޯޑަރު ޖައްސަވައިލެއްވުމުން ބަކަރިއެމްވީ އިން ކަސްޓަމަރުން ބޭނުންވާ ގޮތަށް ޕެކްކޮށް، ބޭނުންވާ އެޑްރެސްއަކަށް ޑެލިވާކުރުމުގެ ހިދުމަތްވެސް ލިބިގެންދާނެ. ހާއްސަކޮށް ސަރަހައްދުތަކުގެ ރައްޔިތުންނަށް ހަދިޔާކުރަން މަސައްކަތް ކުރާއިރު ދިމާވާ ލޮޖިސްޓިކް ގޮންޖެހުންތައް ލުއިވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އެ ޕާޓްނާޝިޕާ ގުޅިގެން ބަކަރިއެމްވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޖަދީދް އަހުމަދު ވިދާޅުވީ ބަކަރިއެމްވީގެ އަމާޒަކީ އަގީގާ، އުލްހިއްޔާ ފަދަ ދީނީ ވާޖިބުތައް އަދާކުރުމުގެ މަގުފަހިކޮށްދީ، ބޭނުން ޖެހިފައިވާ މީހުންނަށް އިތުބާރުކުރެވޭ، ދެފުށް ފެންނަ ގޮތަކަށް އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

"މޫލީއާ ގުޅިގެން އޮންލައިންކޮށް އޯޑަރު ކުރުން ފަހިކޮށް، އެންމެ ބޭނުންޖެހޭ ފަރާތްތަކަށް މި ސަދަގާތް ފޯރުކޮށްދީ، ސަދަގާތް ކުރުމުގެ އަސާސްތައް އިތުރަށް ޕްރޮމޯޓްވެގެންދާނެ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ.

  • https://mool.ee/bakarimv ޒިޔާރަތްކުރޭ
  • ހަދިޔާކުރަން ބޭނުންވާ މަހުގެ ބާވަތް އިހުތިޔާރުކުރޭ
  • ސްޕެޝަލް އިންސްޓްރަކްޝަން ގޮޅީގައި ޑެލިވަރީކުރަން ބޭނުންވާ އެޑްރެސް ބަޔާންކުރޭ
  • އޯޑަރު ކަށަވަރުކުރުމަށް ފައިސާ ދައްކާ

އުރީދޫން ބުނީ ބަކަރިއެމްވީ އިން އެކި ގައުމުތަކުން ލިބޭ ތަފާތު މަހުގެ ބާވަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭ އިރު، އެ މައުލޫމާތު ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށާއި މޫލީ މެދުވެރިކޮށް ސަދަގާތް ކުރުމަށް އޯޑަރުކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީ ކުރުމުގެ ފައިދާ ލިބި، ލޮޖިސްޓިކްސް ހަރަދުތައް ކަސްޓަމަރުން އުފުލަން ނުޖެހުމަކީ އެފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެއް ކަމުގައި ދެކޭ ކަމަށެވެ. އަދި ކަސްޓަމަރުންގެ ސަދަގާތް، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ކަސްޓަމަރުންގެ ނަމުގައި ބަކަރިއެމްވީ އިން ފުރިހަމަކޮށްދޭ އިރު، ވަކި ބަޔަކަށް ހަދިޔާކުރުމަށް ނުވަތަ އަމިއްލައަށް ޑެލިވާކުރަން ބޭނުންވާ ނަމަ އެގޮތަށްވެސް އެ ހިދުމަތް ހަމަޖައްސައިދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އޯޑަރުކުރުމަށް https://mool.ee/bakarimv ޒިޔާރަތްކުރުމަށް އުރީދޫން އެދެއެވެ. އަދި ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް އެ ޕްލެޓްފޯމްގެ ފައިދާ ލިބިގަތުމަށް މޫލީ އިން ދައުވަތު އަރުވައެވެ.

ބަކަރިއެމްވީގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް www.bakarimv.com އަށް ޒިޔާރާތްކޮށްލުމަށް ވެސް އުރީދޫން އެދެއެވެ.