ފިލިޕީންސްގައި 120 މީހުން ދަތުރުކުރި ބޯޓެއްގައި ރޯވެއްޖެއެވެ.
ފިލިޕީންސްގެ ބޮހޯލް ކައިރިން ދަތުރުކުރި ބޯޓު ރޯވުމާއެކު އެގައުމުގެ ކޯސްޓްގާޑުން ވަނީ އަލިފާން ނިއްވުމުގެ އިތުރުން މީހުން ސަލާމަތްކުރުމުގެ މަސައްކަށް ކޮށްފައެވެ.
އެމްޕީ އެސްޕަރެންޒާ ސްޓަރ ނަމަކަށް ކިޔާ އެބޯޓުން ދަތުރުކުރި ހުރިހާ ފަސިންޖަރުންނާއި ކުރޫއިން ކޯސްޓްގާޑުން ސަލާމަތްކޮށް ބޯޓުގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ ނިއްވައިލައިފައެވެ.
ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ކޯސްޓްގާޑުން ވަނީ ބުނެފައެވެ.
ފިލިޕީންސްގެ ކޯސްޓްގާޑް އޮފިޝަލަކު ވަނީ ބޯޓުގައި ރޯވި ސަބަބު ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އިތުރަށް އަލުން ރޯވެދާނެ ކަމަށް ބަލައި ބޯޓު ސަރަހައްދުގައި ކޯސްޓްގާޑުގެ އިތުރުން އަލިފާން ނިއްވާ ޓީމުތަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ