ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވި ގޮތުގައި ރައީސްގެ އެ ދަތުރުފުޅަކީ ބޭސްފަރުވާއަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސް ވަނީ މިއަހަރުގެ ކުރީކޮޅު، ފެބްރުއަރީ މަހުވެސް ސިންގަޕޫރަށް ވަޑައިގެންފައެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ.
އެގޮތުން ރައީސްގެ ދެކަނބަލުން އެންމެ ފުރަތަމަ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ 15 ވަނަ ދުވަހުއެވެ.
އެއަށްފަހު އެ މަހުގެ 23 ވަނަ ދުވަހު ވަނީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ 15 ދުވަސް ފަހުން، މާޗް ހަވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު