ބާރުގެ ބޭނުންކޮށްގެން މާލޭގެ ގެއަކަށް ފުލުުހުން ވަދެ، އެ ގޭގައި ރަހީނުކޮށްފައި ތިބި ތިން މީހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެއީ ދިވެހި ތިން ފިރިހެނުން ކަމަށާއި އެމީހުންނަށް އެކި ވަރުގެ އަނިޔާކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އެމީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ތިން މީހުން ރަހީނު ކުރި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ފުލުހުން އިތުރު ތަފްސީލު ދީފައިނުވާ އިރު، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު