އެސްޓީއޯ އިން އީދު އޮފާގެ ނަމުގައި ޕުރޮމޯޝަނެއް ފަށައިފިއެވެ.

އެސްޓީއޯއިން އިއްޔެ ބުނީ އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މި އަހަރުވެސް އަގު ހުރި އިނާމުތަކަކާ އެކު ކުރިއަށްގެންދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އަތޮޅުތެރޭގެ އެސްޓީއޯގެ ފިހާރަތަކުގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ރީޖަނަލް 10 ސަރަހައްދެއްގައި މި ޕްރޮމޯޝަން ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ.

އެސްޓީއޯ އިން އިއްޔެ ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ 31 ގެ ނިއަލަށެވެ.

މި ޕްރޮމޯޝަނުގެ މުއްދަތުގައި އެސްޓީއޯ އިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކަސްޓަމަރުންނަށް ޑިޖިޓަލް ކޫޕަނެއް ދޫކުރާނެއެވެ. އަދި ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި ތިން ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން އެއްވަނަ އަށް ހޮވޭ ނަސީބުވެރިއަކަށް ލިބޭނީ ހިޓާޗީ ބްރޭންޑުގެ ފްރިޖެކެވެ. އަދި ދެވަނަ އަށް ހޮވޭ ފަރާތަކަށް އެލްޖީ ބްރޭންޑުގެ ޑިޝްވޮޝަރެއް ލިބޭ އިރު ތިންވަނައަށްދާ ފަރަތަކަށް 2000 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކްސް ސާމާނު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.