127 ގަޑިއިރު ނަށައިގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.

އިންޑިއާގެ އުމުރުން 16 އަހަރުގެ ސްރުޝްތީ ސުދީރް އޭނާ ކިޔަވާ ސްކޫލުގެ އޮޑިޓޯރިއަމް ގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ނަށަން ފެށިގޮތަށް ހުއްޓާލާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުކަމަށް އެގައުމުގެ ނޫސްތަކުގައި ވެއެވެ.

ސްރުޝްތީ ވަނީ ކޮންމެ ގަޑިއަކުން އެއްފަހަރު ފަސް މިނެޓުގެ ބްރޭކެއް ނަގައިފައެވެ. ރެކޯޑު ހެދި އިރު އެތަނުގައި ތިބި އޮފިޝަލުން ވަނީ ސްރުޝްތީ އަށް އެއަށްވުރެ ގިނައިރުގެ ބްރޭކް ނެގުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އޭނާ އެހާ ގިނަ އިރުގެ ބްރޭކް ނުނަގައެވެ.

ސްރުޝްތީ ވަނީ އޭނާ ގީނިސް ވޯލްޑް ރެކޯޑެއް މުގުރާލުމުގެ ބޭނުމަކީ އިންޑިއާގެ ސަގާފަތް ޕްރޮމޯޓު ކުރުން ކަމަށް ބުނެފައެވެ.

މީގެ ކުރިން އެންމެ ގިނައިރު ނެށުމުގެ ރެކޯޑު އޮތީ ނޭޕާލްގެ ރައްޔިތެއްގެ އަތުގައެވެ. އޭނާވަނީ 2018 ވަނަ އަހަރު 126 ގަޑިއިރު ވަންދެން ނަށާފައެވެ.