މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ދަތުރުގައި އެހީތެރިވުމަށް އާބަންކޯ އިން ދަތުރުވެރިން އެއާޕޯޓަށް އުފުލައިދޭން ފަށައިފިއެވެ.
މި އަހަރު ރާއްޖެއިން ހައްޖަށްދާ މީހުން މިއަދު ފުރަން ފަށާފައިވާ އިރު، އާބަންކޯ އިން ބުނީ ހުރިހާ ހައްޖުވެރިން ފުރަންދެން އެ މީހުންގެ ލަގެޖާއި ހައްޖުވެރިން އެއާޕޯޓަށް ގެންގޮސްދިނުމުގެ ހިދުމަތް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް، އަލްމަނާސިކް އަދި އަލްހަރަމައިން ގެ ހައްޖުވެރިންނާއި އެ މީހުންގެ ލަގެޖު އާބަންކޯ އިން އެއާޕޯޓަށް ގެންގޮސްދޭނެއެވެ.
އާބަންކޯ އިން ބުނީ، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ގެންދާނީ ޖުމުލަ ތިން ދުވަހެއްގައި ކަމަށެވެ. އޭގެ ތެރޭގައި މިއަދު 243 ހައްޖުވެރިން އަދި 16 ވަނަ ދުވަހު އާއި 19 ވަނަ ދުވަހު 243 ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
މިއަދު ހައްޖަށް ފުރީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 294 ހައްޖާޖީންނެވެ. އެ ހައްޖުވެރިން މިހާރު ވަނީ ސައުދީ އަރަބިއާއަށް ގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު