މިދިޔަ ހޮނިހިރު ދުވަހުގެރޭ އިދިކޮޅު ޕީޕީއެމްގެ ފަރާތުން ބޭއްްވި މުޒާހަރާގެ ތެރެއިން، ފުލުހެއްގެ އަތުގައި ދަތްއަޅައިގެން ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓް އާއިޝަތު ނުހާ އިބްރާހިމްގެ (20އ) ބަންދަށް ކުރިިމިނަލް ކޯޓުން ފަސްދުވަސް ޖަހައިފިއެވެ.
ނުހާގެ ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާއަކީ ހައްޔަރުގެ ރެކޯޑްތައް ގިނަ މީހެއް ކަމަށެވެ.
ތުހުމަތު ކުރެވޭ ކުށްތަކުގެ ތެރޭގައި ފުލުހެއްގެ އަތުގައި ދަތް އެޅުމުގެ އިތުރުން މާރާމާރީ ހިންގުން ހިމެނެއެވެ.
ކޮރަޕްޝަނާއި މަނީ ލޯންޑާ ކުރުމުގެ ކުށުގައި 11 އަހަރަށް ޖަަލަށްލާފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު މިނިވަން ކުރުމަށާއި، އިންޑިއާ އައުޓް ގޮވައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ފަށާފައިވާ ސިލްސިލާ މުޒާހަރާގެ ތެރެއިން ކޮންމެ ރެޔަކުހެން މީހުން ހައްޔަރު ކުރެއެވެ.
އޭގެ ތެރެއިން ނުހާއަކީ މީގެ ކުރިންވެސް އެކިފަހަރުމަތިން ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު