ހައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ސައުދީ އަރަބިއްޔާއަށް ދާ ދިވެހިންނަށް ފަސޭހަކަމާ އެކު އާއިލާއާއި ރައްޓެހިންނާ ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސް އިން ބޮޑެތި ފައިދާތަކާ އެކު ހާއްސަ އޮފާތަކެއް މިއަދު ތައާރަފުކޮށްފި އެވެ.
އެގޮތުން އުރީދޫން މިއަދު ތައާރަފުކޮށްފައިވަނީ ރޯމިން ރޭޓުން 90 ޕަސެންޓް ޑިސްކައުންޓް ލިބޭ ދަތުރުވެރިންނަށް ހާއްސަ ސިމް ކާޑް، "ހައްޖު ސިމް" އަދި ހާއްސަ ރޭޓެއްގައި ސައުދީ އަރަބިއްޔާއަށް ގުޅާލެވޭ ސައުދީ އައިޑީޑީ ޕެކެކެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މި އަހަރު ސައުދީއަށް ދަތުރުކުރާ ކަސްޓަމަރުން އާއިލާއާއި ރައްޓެހިންނާ ފަސޭހަކަމާއެކު ގުޅާލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
''މި ހާއްސަ އޮފާތަކާއެކު އިތުރު ހާސްކަމެއް ނެތި ހެޔޮ އަގެއްގައި ދަތުރުވެރިންނަށާއި އެ ބޭފުޅުންގެ އާއިލާއަށް ފަސޭހަކަމާއެކު އިންޓަނެޓް މެދުވެރިކޮށް އަދި ފޯނުންވެސް ގުޅާލެވޭނެ،" މި އަހަރު ހައްޖަށް ދާ ހުރިހާ ހައްޖާޖީންނަށް މަބްރޫރު ހައްޖަކަށް އެދެމުން ނޫރާ ވިދާޅުވިއެވެ.
ސައުދީ އައިޑީ ޕެކް މެދުވެރިކޮށް ރާއްޖޭގައި ތިބޭ ހައްޖުވެރިންގެ އާއިލާއާއި ރައްޓެހިންނަށް އެންމެ 150 ރުފިޔާއަށް 100 ސައުދީ އައިޑީޑީ މިނެޓާއި އެއް ޖީބީ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ލިބިވަޑައިގަންނަވާނެ އެވެ.
ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް އުރީދޫ އެޕް މެދުވެރިކޮށް މި ޕެކް ގަނެވޭނެއެވެ. ނުވަތަ "SD150" ޖެއްސެވުމަށް ފަހު 1111 އަށް އެސްއެމްއެސް ކުރުމުން މި ޕެކް އެކްޓިވޭޓްވާނެއެވެ.
ހައްޖުވެރިންނަށް ހާއްސަ މި ސިމް މެދުވެރިކޮށް ރޯމިން ރޭޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކަސްޓަމަރުންނަށް ރޯމިންގް ވޮއިސް، ޑޭޓާ އަދި އެސްއެމްއެސް އެންމެ ހެޔޮ އަގުގައި ބޭނުންކުރެވޭނެއެވެ.
ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ ސިމް މިހާރު ގެންގުޅޭ ސިމް ކާޑު، ހައްޖު ސިމަކަށް ގްރޭޓާ މާލެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) ތަކުން އަޕްގްރޭޑް ކުރެވޭނެއެވެ.
އަދި ސެލްފް ކެއާ ޕޯޓަލް my.ooredoo.mv މެދުވެރިކޮށް ނުވަތަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ގޮސްގެން ކަސްޓަމަރުންނަށް ރޯމިންގެ ހިދުމަތް އެކްޓިވޭޓް ކުރެވޭނެއެވެ. އޭގެ އިތުރުން 6#*929* އަށް ގުޅައިގެން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ ރޯމިން ސާވިސް އެކްޓިވޭޓް ކުރެވޭނެއެވެ.
އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި، ދަތުރުކުރުމުގެ ކުރިން ސިމް އެޕްލިކޭޝަން ސެޓިން "އޮޓޮމެޓިކް" އަށް ސެޓްކޮށްލުމުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ސައުދީގައި ރޯމިންގެ ހިދުމަތް ބޭނުންކުރެވޭނެއެވެ. ހައްޖު ސިމް އެކްޓިވޭޓް ކުރުމަށްފަހު ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕޯސްޓްޕެއިޑްއަކަށް، އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު