ޝަންހާއީގެ ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މަތިވެއްޖެއެވެ.

ޗައިނާގެ ޝަންހާއީ ސިޓީގެ ފިނިހޫނުމިން ވަނީ 36.1 ޑިގްރީ އަށްވުރެ މައްޗަށް އަރާފައެވެ. މިއީ ވޭތުވެދިޔަ 100 އަހަރު އެ ސިޓީގެ ފިނިހޫނުމިން މައްޗަށް ނުދާ މިންވަރެކެވެ.

އެންމެ ފަހުން ރެކޯޑް މިންވަރަކަށް ފިނިހޫނުމިން މައްޗަށް އަރާފައިވަނީ 35.7 ޑިގުރީއަށެވެ. އެއީ 1876 ވަނަ އަހަރުއެވެ.

ޝަންހާއީގެ ޒިންހުއާ ޑިސްޓްރިކްޓުގެ މެޓް އޮފީހުން ވަނީ އަދިވެސް ހޫނުމިން އިތުރަށް މައްޗަށް އަރާފާނެކަމަށް ބެލެވޭކަމަށް ބުނެފައެވެ.

2022 ވަނަ އަހަރުވަނީ 50 ދުވަސް ވަންދެން 35 ޑިގްރީގައި ކޮންމެ ދުވަހަކު ފިނިހޫނުމިން ހުރެފައި ކަމަށް މެޓުން ބުނެފައިވެއެވެ.

ސައިންސުވެރިން ވަނީ ދުނިޔޭގެ އެކި ސަރަހައްދުތަކުން ދުނިޔޭގެ އެކި ހިސާބުތަކުގައި ފިނުހޫނުމިން މަތިވެ މޫސުމީ ކާރިސާއެއްގެ އިންޒާރުދީފައެވެ.