މ. މުލީ ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކުރީޓު ގާ އަތުރައި ނިންމައިލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ބުނީ މުލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމާއި، ޕޭވްމަންޓް ހެދުން އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން މުލީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެމްޓީސީސީއަށް އެ މަޝްރޫއު ހަވާލުކުރީ 550 ދުވަހުން ނިންމާ ގޮތަށް 61.8 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން 33،888 އަކަ މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި 6،254 އަކަ މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި 465 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 89 މީޓަރު ސައަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 497 މީޓަރު ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި ތިން މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުމާއި 2،730 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމެންޓް އެޅުމާއި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުން އަދި މޫރިން ބޮއެ ހަރުކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު