ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީ ލަންކާއަށް ވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދު ލަންކާއަށް ވަޑައިގެންފައިވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގައި މިއަދު ބާއްވާ ރާއްޖެ-ލަންކާގެ ހަތަރު ވަނަ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މިނިސްޓަރު ޝާހިދު ލަންކާއަށް ކުރައްވާ މި ދަތުރުގައި، އެ ގައުމުގެ ބޮޑު ވަޒީރު، ޑިނޭސް ގުނަވާޑެނާގެ އިތުރުން އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސްބަރީއާ ބައްދަލުކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖެ-ލަންކާ ޖޮއިންޓް ކޮމިޝަން އުފައްދާފައިވަނީ 1984 ވަނަ އަހަރުއެވެ. އެ ކޮމިޝަންގެ މައިގަނޑު ބޭނުމަކީ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމެވެ