ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާއަށް ނަސްލީގޮތުން ދިމާކުރި މައްސަލައިގައި ހަތް މީހަކަށް އަދަބު ދީފިއެވެ.
ރެއާލް އިން މިދިޔަ މަހުގައި ވެލެންސިއާއާ ދެކޮޅަށް އެ ކްލަބުގެ ދަނޑުގައި ކުޅުނު މެޗުގައި ވެލެންސިއާ ސަޕޯޓަރުން ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ގޮތުން ދިމާކުރުމުގެ އިތުރުން އޭގެ ކުރިން ރެއާލްގެ ތަމްރީން ހަދާ ދަނޑު ކައިރީ ނަސްލީގޮތުން ދިމާކުރުމުގެ ސްޓެޗިއުއެއް ބެހެއްޓި މައްސަލައެއްވެސް ލަލީގާ އިން ވަނީ ބަލައި، ސްޕެއިންގެ ސްޕޯޓްސް ކޮމިޝަނަށް ފޮނުވާފައެވެ.
މައްސަލަތައް ބަލައި ސްޕޯޓްސް ކޮމިޝަނުން ވަކިވަކި ފަރާތްތަކަށް އަދަބު ދީފައިވާ އިރު، ރެއާލްގެ ތަމްރީނުތައް ފުރިހަމަކުރާ މަރުކަޒު ކައިރީ ބެހެއްޓި ސްޓެޗިއުގެ މައްސަލައިގައި ހަތަރު މީހަކު 51،700 ޕައުންޑުން ޖޫރުމަނާކޮށް، އެ ހަތަރު މީހުންނަށް ވަނީ ސްޕެއިންގެ އެއްވެސް ފުޓުބޯޅަ ސްޓޭޑިއަމަކަށް ނުވަދެވޭނެ ގޮތަށް ދެ އަހަރުގެ ސްޓޭޑިއަމް ބޭންއެއް ކޮށްފައެވެ.
އެ ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ މީގެ 11 ދުވަސް ކުރިންނެވެ. ސްޕޯޓްސް ކޮމިޝަނުން އަދަބު ދިންއިރު، ހަތަރު މީހުންވެސް ތިބީ ހައްޔަރުކޮށް، ކަފާލާތުގެ ދަށުން ދޫކޮށްލައިފައެވެ.
އަދަބު ދިން ހަތް މީހުންގެ ތެރެއިން ބާކީ ތިން މީހުން ޖޫރިމަނާ ކުރީ 4،300 ޕައުންޑުންނެވެ. އަދި އެއިން ކޮންމެ މީހަކަށްވެސް ވަނީ އެއް އަހަރު ދުވަހުގެ ސްޓޭޑިއަމް ބޭންއެއް ކޮށްފައެވެ. އެ ތިން މީހުންނަކީވެސް ވެލެންސިއާ މެޗުގައި ވިނީޝިއަސްއަށް ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި އަދަބުދިން ތިން މީހުންނެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް