އައްޑޫ ސިޓީން: އަލީ ޔާމީން، ވަން އޮންލައިން
އައްޑޫ ސިޓީއަށް އަންނަ ތަރައްގީ ފާހަގަކުރަން ހިތަދޫގައި މިރޭ ހަވާ އަރުވާގޮތަށް ހަމަޖައްސައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނި ގޮތުގައި ހަވާ އެރުވުމަށް ހަމަޖައްސާފައިވަނީ އައްޑޫ ސިޓީ ސްކޮޔާގައެވެ.
އައްޑޫގައި ކުރިއަށްގެންދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވައިލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އައްޑުއަށް ވަޑައިގެންފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ އައްޑޫގެ ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާފައެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ވެސް ފައްޓަވައިދެއްވާނެއެވެ.
މީގެ އިތުރުން އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުވެސް ރައީސް ވަނީ ބައްލަވައިލައްވައިފައެވެ.