Close
ޚަބަރު

ރައީސް ނަޝީދު އެމްޑީޕީން ވަކިކުރަންޖެހޭ: މަވޯޓާ

އައްޑޫ ސިޓީ މަރަދޫ އިން/ އަލީ ޔާމީން

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ޕާޓީން ވަކިކުރަންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

"ވަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މަވޯޓާ ވިދާޅުވީ، އެމްޑީޕީގެ ރައީސްކަމުގައި ރައީސް ނަޝީދު ހުންނަވައިގެންވާ ފައިދާއެއް މިހާރު ނެތް ކަމަށާއި ޕާޓީގެ ރައީސްކަމުންނާއި މަޖިލިސް ރައީސްކަމުން އެ މަނިކުފާނު ވަކިކުރަންޖެހޭ ކަމަށެވެ.

އަދި ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން، އެމްޑީޕީ ތެރެއިން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރެއްވުމަކީ، އޭގެ އަސަރު ކޮންމެވެސް ވަރަކަށް އެމްޑީޕީއަށް ކުރާނެ ކަމެއް ކަމަށާއި ނަމަވެސް އެކަމަކީ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ސަބަބެއް ނޫން ކަމަށްވެސް މަވޯޓާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެއް ބުރުން އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ،" މަވޯޓާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އައްޑުއަކީ މީގެ ކުރިން ނަޝީދަށް ތާއީދު ބޮޑު ސިޓީއެއް ނަމަވެސް މި ސަރުކާރުން އައްޑުއަށް ގެނެސްދޭ ތަރައްގީގެ ނަތީޖާއެއްގެ ގޮތުން އެމްޑީޕީއަށް އައްޑޫގައި އޮންނަ ތާއީދު އެތައް ގުނައެއް ބޮޑުވެފައިވާ ކަމަށެވެ.