އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފިއެވެ.
ފުލުހުން މިއަދު ހެނދުނު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ މަރަދޫފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ރޭ 11:38 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަނިޔާވި 27 އަހަރު ދިވެހި ފިރިހެން މީހާއަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ، މާރާމާރީއެއް ހިންގައިފައެވެ. އެ ހަމަލާގައި އަނިޔާވެފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކަށެވެ. އެ ކުއްޖާއަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު