ޚަބަރު

ކޮމަންޑޫގައި 30 ހައުސިން ޔުނިޓް ހަދަން އާރުސީސީއާ ހަވާލުކޮށްފި

މުހައްމަދު އިޝާން

ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް ހަދަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އާރުސީސީއާ ހަވާލުކުރިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓްރީގެ ހައުސިން ޑިޕާޓްމެންޓުގެ ޑިރެކްޓަރު އަހުމަދު ވިޝާން ނަސީމެވެ. އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމެވެ.

ޖުމުލަ 40.9 މިލިއަން ރުފިޔާގެ މި މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 300 ދުވަހެވެ. އެ މަަސައްކަތް އާރުސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.