އިޓަލީ ލީގުގައި ރޭ އޭސީ މިލާނުން ކުޅުނު މެޗުގައި ޔުވެންޓަސް ބަލިކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު މަގާމު ޔަގީން ކޮށްފިއެވެ.
ރޭ ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗު މިލާނުން 1-0 ގެ ހަނި ނަތީޖާއަކުން ކާމިޔާބުކޮށް، ބާކީ އެއް މެޗު އޮއްވައި އެޓީމުން ވަނީ ގަދަ ހަތަރެއް ޔަގީން ކޮށްފައެވެ.
ނަޕޮލީން ލީގި ޗެމްޕިއަންކަން ޔަގީން ކޮށްފައި އޮތްއިރު، ދެން ޗެމްޕިއަންސް ލީގުގެ ފުރުސަތު ޔަގީން ކޮށްފައި ވަނީ ލާޒިއޯއާއި އިންޓަ މިލާނެވެ. އޭގެ ފަހަތުން ހަތަރު ވަނައިގައި މިލާނުން ޗެމްޕިއަންސް ލީގު ޔަގީންކުރީ 37 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ.
ޔުވެންޓަސްއަށް މިފަހަރުގެ ޗެމްޕިއަންސް ލީގު ގެއްލުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ އިދާރީ ކަންކަމުގެ ބޮޑު މައްސަލަގަނޑެއްގެ ތެރެއިން 10 ޕޮއިންޓް އުނިކުރުމުންނެވެ. މިދިޔަ ޖެނުއަރީ މަހު ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކުރަން ލީގުން ނިންމި ނަމަވެސް، ފަހުން އެ މައްސަލަ އަލުން ބަލައި އުނިކުރަން ނިންމީ 10 ޕޮއިންޓެވެ.
އުނދަގޫ ހާލަތެއްގައި އޮތް ޔުވެންޓަސް ކޮޅަށް މިލާނުން ރޭ ޖެހި ހަމައެކަނި ގޯލު ފެނިގެން ދިޔައީ 40 ވަނަ މިނެޓުގައެވެ. އަރިމަތިން ޑާވިޑޭ ކަލަބްރިއާ ނަގައިދިން ހުރަސް، ގޯލަށް ވައްދާލީ އޮލިވިއާ ޖިރޫއެވެ.
ދެވަނަ ހާފްގައި މިލާނުން ނަތީޖާ ފުޅާކުރުމާ ގާތަށް ޖެހިލި އިރު، އެލެކްސިސް ސޭލްސްމޭކާ ޖެހި ބޯޅަ މަތަކުރީ ޔުވެންޓަސްގެ ގޯލްކީޕަރު ވޯޝެކް ޝެޒްނީއެވެ.
މިދިޔަ 50 އަހަރު ތެރޭގައިވެސް ޔުވެންޓަސް ކައިރިން މިލާނަށް މޮޅުވެވުނީ އެންމެ ތިން މެޗުންނެވެ.
އޭސީ މިލާން
އޭސީ މިލާން
އޭސީ މިލާން
އޭސީ މިލާން