ހއ. ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ 82 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ކުރަމުންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 16 ޖެނުއަރީ 2022 ގައެވެ.
އެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުދެމުން އެމްޓީސީސީން މިއަދު ބުނީ، މިހާރު ކުރިއަށްދަނީ ޕޭވްމެންޓް އެޅުމުގެ މަސައްކަތް ކަމަށެވެ. އަދި، ތާރު އެޅުމުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
ޖުމުލަ 71.9 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި 25،909 އަަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމުކުރުމާއި 11،114 އަަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު