ހދ. ކުޅުދުއްފުށީގެ ގެއެއްގެ ފާހަނާ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އުމުރުން 48 އަހަރުގެ އެ މީހާ ފާހަނާއަށް ވަދެ ނުނިކުމެ ގިނައިރުވެގެން ބެލި އިރު، ވެއްޓިފައި އޮވެގެން މިއަދު ހެދުނު 10:30 ހާއިރު ރިޕޯޓް ކުރި ކަމަށެވެ.
އަދި އޭނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫތު ދީފައިވާ ކަމަށް ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު