Close
ޚަބަރު

ބީއެމްއެލް ޕްރޮމޯޝަނުން ޗެމްޕިއަންސް ލީގު ފައިނަލް ބަލަން ދިއުމުގެ ފުރުސަތު ހުދާއަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާކާޑު ކަސްޓަމަރުންނަށް ހުޅުވާލި ޕްރޮމޯޝަންގެ ދަށުން ޔޫއެފްއާ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ފަރާތް ގުރުއަތުން ހޮވައިފިއެވެ.

ހުރިހާ ހަރަދަކާ އެކު ދެ މީހަކަށް އިސްތަންބޫލްގައި އޮންނަ ޔޫއެފްއާ ޗެމްޕިއަންސް ލީގު ފައިނަލް ބަލައިލަން ދިއުމުގެ ފުރުސަތު ލިބުނީ ހުދާ ހުސެއިން ހަބީބަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައި ވަނީ ބީއެމްއެލް އިން ދޫކޮށްފައިވާ މާސްޓާކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭ ގޮތަށެވެ.

މާސްޓާކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެލަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.

ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.