މާފަންނު ފިހާރައަކުން ވައްކަންކުރި ކަމަށް ތުހުމަތުވާ މީހާއާއި އޭނާގެ ގަޔަށް ދަވާދު ޖެހި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، މާފަންނު ފިހާރައަކުން ވައްކަންކުރި މީހަކު ހިފަހައްޓައިގެން އުޅޭކަމުގެ ރިޕޯޓް ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ލިބުމުން، ފުލުހުން އެ ސަރަހައްދަށް ދިޔައިރު ވައްކަންކުރި ކަމަށް ބުނާ މީހާއާއި އޭނާގެ ގަޔަށް ދަވާދު ޖެހި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖު ބަލައި ވައްކަން ކުރި ކަމަށް ބުނާ މީހާއާއި އޭނާއާމެދު އެ އަމަލު ހިންގި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ވައްކަންކުރި ކަމަށް ބުނާ މީހާގެ މޫނާއި ގަޔަށް ހުދު ދަވާދު އުނގުޅާފައި ހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު