ނޭޕާލުގައި މިއަދު ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕަށް ރާއްޖޭގެ ގައުމީ އަންހެން ޓީމު ތައްޔާރުކުރި އިރު، އެންމެ ބޮޑަށް ހިތްހަމަޖެހުނު ކަމަކީ ފިޓްނަސް ރަނގަޅު ކުރެވުން ކަމަށާއި މިހާރު އެންމެ މުހިއްމު ކަމަކީ ރަނގަޅަށް ފޯކަސް ދެމެހެއްޓުން ކަމަށް އަންހެން ޓީމުގެ ކޯޗު، ތައިލެންޑްގެ ވިޗީޕޮން ފޯންޗާޓްޔިންޗީޕް ބުނެފިއެވެ.
ކާވާ ޗެލެންޖް ކަޕް މިއަދު ނޭޕާލުގައި ފަށާއިރު، ރާއްޖެ ހިމެނެނީ ކަޒަކިސްތާން، އުޒްބެކިސްތާން އަދި ސްރީ ލަންކާއާ އެއް ގްރޫޕެއްގައެވެ. މިއަދު ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ކަޒަކިސްތާނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6:15 ގައެވެ.
މެޗާ ގުޅޭ ގޮތުން އިއްޔެ ނޭޕާލްގައި ހުރެ ވާހަކަދައްކަމުން ކޯޗު ވިޗީޕޮން ބުނީ ރާއްޖޭގެ ކުޅުންތެރިން ތިބީ ރަނގަޅު ފިޓްނަސްއެއްގައި ކަމަށާއި ނިމިދިޔަ ފޯ ނޭޝަންސް ކަޕްގެ ފައިދާ ޓީމަށް ކުރި ކަމަށެވެ.
"20 ވަރަކަށް ދުވަހު ފަރިތަކުރުމަށްފަހު މި އައީ. ރަނގަޅަށް ތައްޔާރުވެ، ފިޓްވެފައި މި ތިބީ. މުހިންމު ކަމަކަށް ފެނުނީ ފިޓްނަސް ރަނގަޅު ކުރުން. ކުޅުންތެރިން ފިޒިކަލީ މި ބޭނުންވާ ލެވަލްއަށް ގެންދިއުން. އެކަން ކުރެވިއްޖެ. އެކަމަށް އެހީވި ހޯމްގައި ކުޅުނު މުބާރާތްވެސް. ދެން އޮތީ މެޗަށް ތައްޔާރުވުން، އެކަން މެންޓަލީވެސް ފިޒިކަލީވެސް ރަނގަޅުކުރަން އަހަރެން މި އަންނަނީ މަސައްކަތް ކުރަމުން،" ވިޗީފޮން ބުންޏެވެ.
ވިޗީޕޮން ބުނީ ވާދަކުރަންޖެހޭ ޓީމުތަކުގައި އިސްކޮޅުން ދިގު، ވަރުގަދަ ކުޅުންތެރިން ތިބުމަކީ ރާއްޖެއަށް ޗެލެންޖެއް ނަމަވެސް، އެކަމަށް މާބޮޑަށް ސަމާލުކަން ދޭން ބޭނުންނުވާ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ވަރުގަދަ ކަންކަން ރަނގަޅުކޮށް، ޓާގެޓަށް ވާސިލުވާން ވިސްނާނެ ކަމަށްވެސް ބުންޏެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް