ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން "ވަން" އަށް މިރޭ ބުނީ، ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި ފުލުހަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ފުލުސް މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުދެއެވެ.
"މާރާމާރީއާ ގުޅިގެން ހަތަރު މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މާރާމާރީގެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.
ގްރޫޕަކުން މާރާމާރީ ހިންގައި އަނިޔާ ކޮށްފައިވަނީ އޮފް ޑިއުޓީގައި ހުރި ފުލުހަކަށެވެ.