މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 539 މަގުމަތީ އެކްސިޑެންޓް ހިނގާފައިވާއިރު, އެ އެކްސިޑެންޓްތަކުގައި 77 މީހަކަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން މިއަދު އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގެ ތެރޭގައި ހިނގި 539 އެކްސިޑެންޓުގެ ތެރެއިން 516 އެކްސިޑެންޓް ހިނގީ މާލޭގައެވެ. އެ މުއްދަތުގެ ތެރޭގައި ހިނގި އެއްވެސް އެކްސިޑެންޓެއްގައި މީހަކު މަރުވެފައެއް ނުވެއެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު ޓްރެފިކް ގަވާއިދާ ހިލާފުވި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ލައިސެންސް ނެތި ވެހިކަލް ދުއްވުމުގެ މައްސަލައެވެ. އެފަދަ 824 މައްސަލަ ފާހަގަވެފައިވާއިރު ދެން އެންމެ ގިނައީ ބާރަށް ވެހިކަލް ދުއްވުމުގެ 443 މައްސަލައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 10,617 ސްޓިކާ ޖަހާފައިވެއެވެ. އެންމެ ގިނަ ސްޓިކާ ޖެހީ ސައިކަލުގައެވެ. ސްޓިކާ ޖެހި ވެހިކަލްގެ އަދަދު:
- ސައިކަލު: 5093 ސްޓިކާ
- ކާރު: 3978 ސްޓިކާ
- ޕިކަޕު: 853 ސްޓިކާ
- ވޭން: 475 ސްޓިކާ
- ޖިޕު: 107 ސްޓިކާ
- ޓްރަކް: 111 ސްޓިކާ
ތަފާސްހިސާބުތައް ދައްކާ ގޮތުން, ފުރަތަމަ ތިން މަސް ތެރޭ 614 ވެހިކަލެއް ވަނީ ޓޯކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 542 ސައިކަލު, 40 ކާރު, އަށް ޕިކަޕު, ހަތް ވޭން, 13 ބައިސިކަލް އަދި ތިން ބެޓެރި ސައިކަލެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު