(15 މެއިގެ އަދަދާ ގުޅޭ)
ހަވަނަ މާއްދާގެ ކްލައުސް ބީގައި، ފޯރ ދަ ޕާރޕަސް، މިހެންއޮތްތަން ފޯރ ދަ އެކްސަސައިޒް، މިގޮތަށް ބަދަލުކުރުމަށްވެސް އެމީހުން ހުށަހެޅިއެވެ. އަދި މާލޭ ޑްރާފްޓުގެ ނިމޭތަނަށް، އެންޑް ވިލް އެކޯޑް ޓު ދަ ޔޫކޭ ގަވަރމެންޓް އޯލް ޕަވަރސް ރައިޓްސް އެންޑް އޮތޯރިޓީސް ނެސެސަރީ ދެޔަރފޯރ، މިބަސްކޮޅު އިތުރު ކުރަންވެސް ހުށަހެޅިއެވެ. ހަތްވަނަ މާއްދާގެ ކްލައުސް ޑީގައި، ލެޖިޓިމޭޓް ރައިޓްސް އޮފް ދަ ޕީޕަލް އޮފް އައްޑު އެޓޯލް، މިހެންއޮވެފައި އޭގެފަހަތަށް އަންނަ އެކްސެޕްޓް، މިބަހާއި ދެމެދަށް އައުޓްސައިޑް ދި އެގްރީޑް އޭރިޔާސް އޯރ ދެޔަރ ފިޝިން ރައިޓްސް ވިތިން ދި އެގްރީޑް އޭރިޔާސް، މިތަންކޮޅު ލުމަށްވެސް ހުށަހެޅިއެވެ.
މީގެ އިތުރަށް އަށްވަނަ މާއްދާގެ ކްލައުސް ޖީގެ، މާލޭ ޑްރާފްޓުގައި މިހާރު އޮތްގޮތުގެ ބަދަލުގައި އެމީހުން ހުށަހެޅީ 19 މެއިގައި ފޮނުވި އެމީހުންގެ ޑްރާފްޓްގެ ފަހަތު ބައިގައި އޮތްގޮތަށް އެތަން ބަދަލު ކުރުމަށެވެ. އެގޮތަކީ، މޯލްޑިވިއަން ގަވަރމެންޓް ފަރދަރ ވިލް އަންޑަރޓޭކް، މިހެން އޮތްތަނުން ފަރދަރ، މިބަސް ކަނޑާލީމާ ކްލައުސް ދެންއޮންނަ ގޮތަށް ބޭއްވުމަށެވެ. ނުވަވަނަ މާއްދާގެ ކްލައުސް ކޭ އެމީހުން ބޭނުންވަނީ ކުރީންވެސް އެމީހުންގެ ޑްރާފްޓްގައިވާ ގޮތަށް ބޭއްވުމަށެވެ. އެދިފައިވަނީ އެގޮތަށެވެ. ހުއްޖަތުގައި ބުނަނީ ސައިޕްރަސްގައި ތިބޭ ޔޫއެންގެ ސިފައިންނަށްވެސް އޮންނަ ހަމަތަކާއި އެ ކްލައުސްގައިވާ ގޮތް މުޅިން އެއްގޮތް ކަމުގައެވެ.
ދިހަވަނަ މާއްދާގެ ކްލައުސް އެމް އޮންނަން އެމީހުން ހުށަހަޅަނީ ތިރީގައި މިދަންނަވާ ގޮތަށެވެ. ދަ ޔޫކޭ ގަވަރމެންޓް އަންޑަރޓޭކް ނޮޓް ޓު އެލޯވް އިން އެނީ ވޭއި އެނީ އާޓިކަލްސް އޮފް އަ މިލިޓަރީ ކެރެކްޓަރ އިންކްލޫޑިން އޯލް ޓައިޕްސް އޮފް އާމްސް އެންޑް އެމިއުނިޝަން އިމްޕޯޓެޑް އިންޓު ދި އެގްރީޑް އޭރިޔާސް އަންޑަރ ދިސް އެގްރީމެންޓް ޓު ބީ ޓޭކެން އޯރ މޫވްޑް އެލްސްވެޔަރ، މިހެންނެވެ. އެޔާޖެހިގެން އޭގެފަހަތަށް، އިން މޯލްޑިވިއަން ޓެރިޓަރީ ވިތައުޓް ދަ ޕްރިއަރ ކޮންސެންޓް އޮފް ދަ މޯލްޑިވިއަން ގަވަރންމެންޓް، މިހެންނެވެ. އެގާރަވަނަ މާއްދާގެ ކްލައުސް އެންގައި އެގްރީޑް އޭރިޔާސް މީންސް، މިތަނުން ފެށިގެން ބަދަލެއް ގެންނަން ހުށައަޅާފައިވެއެވެ.
އެބަދަލަކީ، ޓެރިޓަރީ އައުޓްސައިޑް ދި އެގްރީޑް އޭރިޔާސް، މިހެން އޮތްތަނުގެ ނިޔަލަށް މުޅި ޖުމްލަ ނައްތައިލުމެވެ. އެހެން ހަދަންޖެހޭ ސަބަބަކަށް އެމީހުން ބުނަނީ މިތަނުން ފުރަތަމަ ބައި ތިންވަނަ މާއްދާގައި ސަރީހަކޮށް ބަޔާންކޮށްފައި އޮތުމެވެ. އެމީހުން މިއަދު ހުށަހެޅިގޮތަށް އެއްބަސް ވެވިއްޖެނަމަ، އައުޓްސައިޑް ދި އެގްރީޑް އޭރިޔާސް، މި އިބާރާތުގެ މައްސަލަ ކްލައުސް އެމްގައި ނޯންނާނެތީ މިދެންނެވި ބައި ނައްތާލަން ހުށަހެޅީއެވެ. މި ދެ ނުގުތާއާމެދު އަޅުގަނޑަށް ފެންނަ ގޮތެއްވެސް ދަންނަވައިލާނަމެވެ. އަޅުގަނޑަށް ފެންނަނީ މީގެ ދެވަނަބައިން، މާނަޔަކީ ކްލައުސް އެމްއިން، އެ ތަންކޮޅު ކަނޑާލާފައި އެ ދެބައިވެސް ބޭއްވުމަށެވެ.
އެގޮތް މާބޮޑަށްވެސް ރަނގަޅު ކަމަށް ފެންނަ ސަބަބަކީ އެ ކްލައުސްއަށް އެމީހުން މިއަދު ހުށަހެޅި އިސްލާހުގައިވެސް އައުޓްސައިޑް ދި އެގްރީޑް އޭރިޔާސް، މިހެން ހަމަސާފުކޮށް އެބައޮވެއެވެ. އެކަމުގެ މައްސަލައެއް ނެތެވެ. ވީމާ މިދެންނެވި ތަންތަނާމެދު މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަކާއެކު ދެން އަޅުގަނޑު ކުރިއަށްދާންވީ ގޮތެއް އަންގަވައި ދެއްވުން އެދެމެވެ. މަނިކުފާނަށް ސާފުވެވަޑައިނުގަންނަވާ ތަނެއް ވާނަމަ އެކަންވެސް އަންގަވައި ދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ބަދަލު ގެނައުމަށް އެމީހުން ހުށަހަޅާފައިވާ ގިނަ ތަންތަނަށް އިސްލާހުތައް ހުށައަޅައިފައި އެވަނީ 1960ގެ އެގްރީމެންޓާއި ވީހާވެސް އެއްގޮތް މާއްދާތައް ބެހެއްޓުމަށް ކަމުގައިވެސް އެމީހުން ބުންޏެވެ.
މަތީގައި ގެނެވިފައި އެވަނީ މިނިވަންކަމުގެ އެގްރީމަންޓް ފައިނަލްކުރެވުނުއިރު އެޔަށް ހުށައެޅުނު އިސްލާހުތަކާއި، އުނިއިތުރު ގެނެވުނު ލަފްޒުތަކާއި ޖުމްލަތަކާއި އަކުރުތަކާމެދު އަބްދުއްސައްތާރާއި އިބްރާހިމް ނާސިރާ ދެމެދު ބަދަލުކުރެވުނު ކޭބަލްތަކުގައި ހުރި މައިގަނޑު ވާހަކަތަކެވެ. މިއަށް ބަލައިލީމާ އެނގި ޔަގީންވަނީ އިނގިރޭސިވިލާތް ކަހަލަ ވަރުގަދަ ދައުލަތަކުންވިޔަސް އަދި އެނޫން ދައުލަތަކުން ވިޔަސް، ހަމައެއްޗެއް ދިއްކޮށްލާއިރަށް އެކިޔައި މޭރުންނުކޮށް ސޮއިކުރުމުގެ ސިފަ ދިވެހީންގެ ތެރޭގައި ނެތްކަމެވެ. ސޮއިކުރީ އަދިކުރާނީ ކިޔައި މޭރުންކޮށް އެއަށް ގެންނަން ބޭނުންވާ އިސްލާހުވެސް ގެނެސް އަނެއްފަރާތްވެސް ރުއްސައިގެންކަމެވެ. މިއީ ހިކުމަތްތެރިކަމާއެކު ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން ކުރިއަށް ހިނގައި ތަޖުރިބާކޮށްފައިވާ މަގެއް ކަމެވެ.
(ނުނިމޭ)