ރެޑްބުލް ހާފް ކޯޓް ބާސްކެޓްބޯލް މުބާރާތް އިއްޔެ ފަށައިފިއެވެ.
މި މުބާރާތުގެ ހޯސްޓިން ޕާޓްނަރަކީ އާބަންކޯއެވެ. މުބާރާތް ކުރިއަށްގެންދަނީ ހުޅުމާލޭގެ ބާސްކެޓްބޯލް ކޯޓުގައެވެ. އިއްޔެ ހަވީރު ފެށި މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އާބަންކޯއިން މިއަދު ބުނީ އެކުންފުންޏަކީ އަބަދުވެސް ޒުވާނުންގެ ކުރިއެރުމާއި ކުޅިވަރުތަކަށް ހުޅުމާލޭގައި ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށާއި މި މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީވެސް އެ މަގުސަދުގައި ކަމަށެވެ.
އެގޮތުން މި މުބާރާތަކީ ބާސްކެޓްބޯލްގެ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ، ހުނަރުވެރިކަން ކުރިއެރުވުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް އެކުންފުނިން ބުންޏެވެ.
މި މުބާރާތަކީ ދުނިޔޭގެ 29 ގައުމަކުން ބައިވެރިވާ ބޮޑު މުބާރާތެއްގެ ކޮލިފައިން ރައުންޑްތަކެވެ. އެގޮތުން ހުޅުމާލޭގައި މި ބާއްވާ މާލެ ސިޓީ ކޮލިފައިން އަށް ފަހު ނެޝެނަލް ފައިނަލްސް އިން ހޮވޭ ޓީމަކަށް އިންޓަނޭޝަނަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު