ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީއަށް ދެވޭނެ އިތުރު ގެއްލުމެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ، ރައީސް ނަޝީދަކީ އެމްޑީޕީގެ ވަރަށް އިސް ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ފިޔަވަޅު އަޅަން ދަތިކަމަށެވެ.
"މި ޕާޓީއަށް ދެވޭނެ އިތުރު ޑެމޭޖެއް ނެތް. ރައީސް ނަޝިދަކަށްވެސް އެހެން ބޭފުޅަކަށްވެސް. ދެވޭނެ ހުރިހާ ޑެމޭޖެއް ދީފި. އަޅުގަނޑުމެން އެކަން ތަހައްމަލުކޮށްލައިގެން މި ތިބެނީ." ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، މަސައްކަތް ކުރައްވަނީ އަދި އިސްކަން ދެއްވަނީވެސް ފިޔަވަޅު އެޅުމަށްވުރެ މަސްލަހަތަށް މަސައްކަތް ކުރަން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީގައި ހުންނަވާނަމަ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވަކި ޕާޓީއެއް ހައްދަވައިފިނަމަ ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމަކީ އެދިވަޑައިގަތުމެއްކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު