ފިކުރެއްގެ ދިރުން ފޯމު ފުރާފައި އޮތީ މީހުންނަށް އޮޅުންއަރާ ގޮތަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި "ފިރުކެއްގެ ދިރުން" ސިޔާސީ ޕާޓީއަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ނަޝީދު ފިޔަވައި ފިކުރެއްގެ ދިރުމުގައި އުޅުއްވާ މަޖިލިސް މެންބަރުން ވަނީ އެމްޑީޕީން އިއްޔެ ވަކިވެވަޑައިގެންފައެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެމްޑީޕީގެ ތެރެއިން އިތުރު ޕާޓީއެއް އުފެދިގެންދާތަން އިއްޔެ ފެނިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް އެއީ "ސަޕްރައިޒް" ވާ ކަމެއް ނޫން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އެ މަންޒަރު ފެންނަމުންދާތާ ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަަށާއި ފިކުރެއްގެ ދިރުމުގެ ވަކި ގޮތްޕެއްގެ ގޮތުގައި ފޯމުތަކުގައި ސޮއިކުރެވެމުންދިޔަ ވަގުތުގައިވެސް އެކަން ފާހަގަވެފައިވާ ކަމަށެވެ.
"އެއީ އެމްޑީޕީގެ ގޮފި ފުރާ ފޯމަކު ނޫން ފޯމުތައް ފުރަމުން ގެންދެވީއެއް." ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވިދާޅުވީ، ފިކުރެއްގެ ދިރުމުގެ ފޯމުތައް ފުރާފައި އޮތީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށާއި އެއީ ދެރަ ކަމެއް ކަމަށެވެ.
"އޭގައި ސޮއިކުރެއްވި ބައެއް ބޭފުޅުން މިއަދު އެބަ ގުޅާ އޭގެ ސޮއިކުރީ ޕާޓީއަކަށް ސޮއިކުރާކަށް ނޫނޭ" ފައްޔާޒް ވިދާޅުވިއެވެ.
ފިކުރެއްގެ ދިރުމުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ދައްކާނެ ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު