މާލެއިން މީހަކު ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، އަލީ އާތިފް ސާފީ (30އ) އެވެ.
ފުލުހުން ބުނި ގޮތުގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން އާތިފްގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
ފުލުހުން ބުނީ އާތިފް ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށް، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ހޯދިފައި ނުވާ ކަމަށެވެ.
އާތިފްއާ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުން ފުލުހުން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު