ޚަބަރު

އޭދަފުށީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކުގެ ހާލު ސީރިއަސް

މުހައްމަދު އިޝާން

ބ. އޭދަފުށީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 5:11 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސް ކަމަށެވެ.

އޭދަފުށި ސިއްހީ މަރުކަޒުގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވީ 18 އަހަރުގެ މީހަކަށާއި 40 އަހަރުގެ މީހަކަށް ކަމަށެވެ. އޭގެ ތެރެއިން ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް 18 އަހަރުގެ މީހާ މިހާރު ފުރުވާފައިވާ ކަމަށެވެ.

"18 އަހަރުގެ މީހާގެ އެކްސްޓާނަަލް އިންޖަރީސްއެއް ނެތް. އަތް ބިނދި، މިކަހަލަ އެއްވެސް ކަމެއް. ވެއްޓި އޭނާގެ ބޯ ޖެހުމުގެ ސަބަބުން އިންޓާނަލް އިންޖަރީއެއްވީ. އޭނާ ވަނީ މާލެއަށް ފުރުވާފައި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 18 އަހަރުގެ މީހާ މާލެއަށް ފުރުވާލީ ސިޓީ ސްކޭނެއް ހެދުމަށް ކަމަށެވެ.