ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އާންމުގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ހޯދަމުންދަނީ ކ. މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ (ގައްބަރޭ) އެވެ.
ފުލުހުން ބުނީ، އޭނާގެ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އިބްރާހިމް އަބްދުﷲ އާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓުގެ ނަމްބަރު 9911099 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އިބްރާހީމް އަބްދުﷲ އަކީ އެމްޑީޕީގެ ގައުމީ މަޖިލިސްގެ މެމްބަރެކެވެ. އޭނާއަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސްއެވެ. އޭނާއަކީ ކުށުގެ ރެކޯޑްތަކެއް އޮތް ފަރާތެކެވެ. އެގޮތުން އޭނާ ވަނީ 2007ގައި ތޫނު އެއްޗަކުން ހަމަލާދީ ހ. ކުބްރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުވެސް ފުލުހުންކޮށްފައެވެ. އަދި ގުރޫޕު މާރާމާރީ އާއި ފޭރުމުގެ ގިނަ މައްސަލަތަކެއްގައިވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހޯދަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގައެވެ. ޒަރީރަށް ހަމަލާދިން މައްސަލައިގައި އުމުރުން 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ޒަރީރަށް ހަމަލާ ދިނީ ޓީވީއެމް ކުރިމަތިން، ބުރުޒުމަގުގައި ހުންނަ ހަބީބީ ކެފޭގައި އިންނަވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު