މާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ފުވައްމުލައް ސިޓީ/ ދޫޑިގަން، ރަންދެލިގެ، ހަސަން ޖަމީލް (30އ) އެވެ.
ފުލުހުން މިއަދު ބުނީ ހަސަން ޖަމީލް އާއިލާއަށް ގެއްލިފައިވާ ކަމަށް ބުނެ އެ އިދާރާއަށް ރިޕޯޓް ކުރީ މި މަހުގެ ނުވަވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.
އޭނާ އެންމެ ފަހުން އާއިލާއަށް ހަބަރެއްވީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށާއި އޭނާ މާލޭގައި ހުރި ކަމަށް އާއިލާއަށް ގުޅާފައި ބުނި ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ހަސަން ޖަމީލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.