ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން 228 މިލިއަން ދީފައި ތިލަފުށިން ދެ ބިމެއް ގަނެފިއެވެ.

ސިވިލް ކޯޓުން މިއަދު ވަނީ ތިލަފުށީގެ 393،212 އަކަފޫޓުގެ ބިމަކާއި 156،693 އަކަފޫޓުގެ ދެ ބިމެއްގެ މިލްކުވެރިއަކީ ވިލާ ކުންފުނި ކަމަށް ކަނޑައަޅައިފައެވެ.

ވިލާ ކުންފުނިން ވަނީ އެ ދެ ބިމުގެ އަގު ކަމަށްވާ 228 މިލިއަން ރުފިޔާ އާބަންކޯ އަށް ދައްކާފައި ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުންޏެވެ.

ވިލާ ކުންފުނިން ތިލަފުށިން ބިން ގަތުމަށް އާބަންކޯއާ އެކު ސޮއިކޮށްފައިވަނީ މިދިޔަ މާޗު މަހުގައެވެ.

ތިލަފުށިން ސިނާއީ ބޭނުމަށް ބިން ގަތުމަށް އާބަންކޯއިން ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ތިލަފުށި ތަރައްގީކުރުމުގެ މާސްޓާޕްލޭންގައިވާ ގޮތުން ތިލަފުށިން 151 ހެކްޓަރުގެ ބިން އިތުރަށް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ތިލަފުއްޓަކީ ރާއްޖޭގެ "ސިނާއީ މައި ހަބު" ކަމުގައި އެ ހެދުމަށް އާބަންކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.