ހިޔާ ފްލެޓުގެ ކުއްޔަށް ބަދަލު ގެނެސް ކުރިއަށް އޮތް ހަތް އަހަރަށް ދައްކަންޖެހޭ ކުލި ކުޑަކުރި ނަމަވެސް މެއިންޓެނަންސް ފީއަށް ބަދަލެއް ނާންނާނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓުގެ ކުއްޔަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސް އެކަން ސަރުކާރުން މިއަދު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ގެނައި ބަދަލަކީ މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް އަހަރުގެ މުއްދަތައް ހިޔާ ފްލެޓުގެ ކުލި 5،300 އަށް ކުޑަކުރުމުވެ. އަދި އެ ފްލެޓުތަކަށް އަގު ދައްކަން ޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުކޮށް ދިނުމެވެ.
މިއަދުގެ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ ހިޔާ ފްލެޓުގެ ކުއްޔަށް ލުޔެއް ދިން ނަމަވެސް މެމެއިންޓަނަންސް ފީއަށް ކުރިން ނަގަމުން ދިޔަގޮތަށް 1000 ރުފިޔާ ނަގަމުން ގެންދާނެކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަތް އަހަރަށް ހިޔާ ފްލެޓުގެ ކުއްޔަށް ދައްކަން ޖެހޭނީ މަހަކު 6،300ރ އެވެ.
ހިޔާ ފްލެޓުތަކުން މިހާތަނަށް ކުއްޔަށް ނަގަމުން އައީ 7،500ރ. އެވެ. އަދި މެއިންޓަނެންސް ފީއާއެކު 8،500ރ. ކޮންމެ މަހަކު އާބަންކޯއަށް ނަގަ އެވެ. ހަތް އަހަރު ފަހުން އަނެއްކާވެސް މި އަދަދަށް ހިޔާގެ ކުލި ބަދަލުވާނެ އެވެ.
އާތިފް ވިދާޅުވީ މިވަގުތު ހިޔާ ފްލެޓްތަކުގެ މެއިންޓަނެންސް އާބަންކޯއިން ބެލެހެއްޓި ނަމަވެސް ގާނޫނަށް އަންނަ ބަދަލާއެކު މެއިންޓަނެންސް ބެލެހެއްޓުމުގެ ކަންކަން ކުރަން ޖެހޭނީ އެކަމަށް އުފައްދާ ސޮސައިޓީން ކަމަށެވެ. އެހެން ކަމުން މެއިންޓަނެންސް ފީއަކީ މުސްތަގުބަލުގައި އެތަނުގެ ޓެނެންޓުންނަށް، ސޮސައިޓީއަށް ލިބިގެންދާނެ ފީއެއް ކަމަށް އާތިފް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު